ޚަބަރު

ދިރާގުޕޭ: ފިތުރު ޒަކާތް ދެއްކުމަށް މާ ފަސޭހަ ގޮތެއް!

އެހެން އަހަރުތަކޭ އެއްފަދައިން މި ރޯދަ މަހުވެސް ދިރާގުޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ ދިރާގުޕޭ އެޕް ޑައުންލޯޑް ކުރުމަށްފަހު، ހޯމް ސްކްރީންގައިވާ "ޑޮނޭޝަންސް" ގެ ދަށުގައިވާ "ފިތުރު ޒަކާތް" ނެގުމަށްފަހު ފަސޭހަކަމާއެކު ފިތުރު ޒަކާތް ދައްކާލެވޭނެ ކަމަށެވެ.

ދިރާގުޕޭގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސައިފައެވެ. އަދި، ޕްރިޕެއިޑް ކަސްޓަމަރުން *454# އަށް ޑަޔަލް ކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސް އިން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް މި ރޯދަ 30 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.