ދިރާގު 3އޮން3 ޗެލެންޖް ބާސްކެޓްބޯޅަ މުބާރާތް ފޯރިއާއެކު ނިންމާލައިފިއެވެ.
މިމަހުގެ 13 އިން 19 އަށް އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގައެވެ.
ޓައިޓަންސް ބާސްކެޓް އެކެޑެމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެ މުބާރާތަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން، އެ މުބާރާތުގައި 103 ޓީމަކުން ޖުމުލަ 408 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ދިރާގުން ބުނީ އެ މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ.
އެ މުބާރާތް ކުރިއަށްގެންގޮސްފައިވަނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެ އުމުރުފުރާތަކަކީ، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
އޭގެ ސަބަބުން ގިނަ އުމުރުފުރާތަކެއްގެ ކުދިންނަށް އެ ކުދިންގެ ހުނަރުތައް ދައްކާލުމަށް ވާދަވެރި ޕްލެޓްފޯމެއް ލިބިގެންގޮސްފައިވާ ކަމަށް ދިރާގުން ބުންޏެވެ.
އެ މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދައިފައިވާ ޓީމުތަކަކީ؛
ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގުބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.