ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރުން ނިންމައިފިއެވެ.
ހުޅުމާލޭގައި އަޅަން ބޭނުންވާ އޮފީސް އިމާރާތުގެ ޑިޒައިން ކޮށްދެއްވާނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި 24000- 25000 އަކަފޫޓުގެ އޮފީސް އިމާރާތެއް ޑިޒައިންކޮށް އާކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމަށް ބީލަން ހުޅުވައިލުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 2019 ފެބުރުއަރީ 11 ވާ ހޯމަ ދުވަހުގެ 10:00 އަށް ޕްލޭނިންގް މިނިސްޓްރީއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.