އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ސަސްޕެންޑްކޮށްފިއެވެ.
ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެއްމަސްދުވަހުގެ މުއްދަތަށެވެ.
ސައީދުގެ މައްސަލައެއް ސީއެސްސީން ބަލަމުންދާ ކަމަށް އެކޮމިޝަނުން ބުނި ނަމަވެސް އެމައްސަލައިގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ސައީދު އައްޔަން ކުރެއްވީ 9 ނޮވެންބަރު 2017 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައެވެ.