ކޯޕަރޭޓް މޯލްޑިވްސް

"ގޯލްޑް 100" ގާލާ އަންނަ މަހު 23ގައި

އަހުމަދު ޖައިޝަން

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑް "ގޯލްޑް 100" ގާލާ މިއަންނަ މަހުގެ 23ގައި ބޭއްވުމަށް ނިންމައިފި އެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެ އެވޯޑްގެ ގާލާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޕެރަޑައިސް އައިލެންޑް ރިޒޯޓުގައެވެ.

ގޯލްޑް 100 ހޮވާފައިވަނީ 13،000 އަށްވުރެ ގިނަ ކުންފުނިތަކުގެ ތެރެއިން 500 ކުންފުންޏަށް ޝޯޓްލިސްޓް ކޮށް އެ ކުންފުނިތަކުގެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހުއެވެ. ގޯލްޑް 100 ގެ ކުންފުނިތައް ހޮވަނީ، ގޯލްޑް 100 ގެ އެޑްވައިސަރީ ޕާޓްނަރު ސީޓީއެލް ސްޓްރެޓަޖީސްގެ އެހީތެރިކަމާ އެކުގައެވެ.

ކުރީ އަހަރުތަކޭ އެއްފަދައިން މިއަހަރުގެ ގާލާގައިވެސް ވިޔަފާރީގެ ދާއިރާގައި ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކޮށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ބޭފުޅުންނަށް ދޭނެއެވެ.

އެވޯޑު ހަފްލާގައި އެޗްއާރު، ފައިނޭންސް، ސީ އެންޑް އާރު އަދި އޮޕަރޭޝަންގެ ދާއިރާއިން އަންނަ ކުރިއެރުންތައް ފާހަގަކޮށް އެ ދާއިރާތަކުން އެކި ފަރާތްތަކަށް އެވޯޑު ދޭނެއެވެ.