ޓްރީޓޮޕް ހޮސްޕޮޓަލުން ސޮލަރެލް އިންޝުއަރެންސްއާ ގުޅިގެން ''ކޭޝްލެސް ސާވިސް'' ގެ ހިދުމަތް ތައާރަފުކޮށްފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ޚިދުމަތުގެ ސަބަބުން އެ ހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ސޮލަރެލްގެ ކަސްޓަމަރުންގެ ބިލްތަކަށް އިންޝުއަރެންސްގެ ދަށުން ފައިސާ ދެއްކުމުގެ ކަންކަން ސީދާ ސޮލަރެލް ކުންފުނި މެދުވެރިކޮށް ފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި އެ ހިދުމަތަކީ އެ ހޮސްޕިޓަލްގެ ހިދުމަތްތަކަށް އިތުރު ފަސޭހަކަމާއި ފުރިހަމަކަމެއް ގެނެއުމަށްޓަކައި ތައާރަފުކުރި ހިދުމަތެއް ކަމަށް ވެސް ބުނެފައިވެއެވެ.