ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލަށް 7 އަހަރު: ހިދުމަތްތަކުން ބޮޑެތި ޑިސްކައުންޓްތަކެއް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތް ވަނަ އަހަރީ ދުވަހާ ދިމާކޮށް އެ ހޮސްޕިޓަލުން މި މަހުގެ ތެރޭގައި ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އެ ޑިސްކައުންޓް ޕެކޭޖުތައް ބަހާލާފައިވަނީ އެކި ހަފުތާތަކަށް ކަމަށެވެ. އެގޮތުން:

މާޗު 1 އިން 7 އަށް

  • ސީޓީ ސްކޭން އަދި އެމްއާރްއައި ހިދުމަތުން %15 ޑިސްކައުންޓް
  • ބޯން މިނަރަލް ޑެންސިޓީ ޓެސްޓްތަކުން %10 ޑިސްކައުންޓް

މާޗު 8 އިން 14 އަށް

  • ހަންގަނޑު ތާޒާ ކުރުމުގެ ހިދުމަތުން %20ގެ ޑިސްކައުންޓް
  • އޮށާޅަ ލަކުނު ފިލުވުމުގެ ހިދުމަތުން %20 ޑިސްކައުންޓް
  • ޓެޓޫ ފިލުވުމުގެ ހިދުމަތްތަކުން %20 ޑިސްކައުންޓް

މާޗު 15 އިން 31 އަށް

  • ދަތް ސާފުކުރުމުގެ ހިދުމަތުން %15 ޑިސްކައުންޓް
  • ދަތް ހުދުކުރުމުގެ ހިދުމަތުން %15 ޑިސްކައުންޓް
  • ފުޓުނި އެޅުމުގެ ހިދުމަތުން %15 ޑިސްކައުންޓް

ޓްރީ ޓޮޕް ހޮސްޕިޓަލު ހުޅުވުމާއި ހޮސްޕިޓަލްގެ ކާމިޔާބީތައް

1 މާޗު 2018ގައި ހިދުމަތް ދޭން ފެށި ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނާ ގޮތުގައި، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އެގޮތުން 210 އެނދުގެ ކެޕޭސިޓީ އާއެކު ހިދުމަތް ދޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި 30 އަށްވުރެ ގިނަ ސްޕެޝަލިސްޓް ދާއިރާތަކުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް މަސައްކަތް ކުރެއެވެ. އޭގެ އިތުރުން އައިސީޔޫ، ކެތް ލެބް، އެންއައިސީޔޫ، އެޗްޑީޔޫ، ފާޓިލިޓީ ސެންޓަރު، ޑަޔަލިސިސް އަދި ކީމޯތެރަޕީގެ ހިދުމަތްވެސް ފޯރުކޮށްދެއެވެ.

ވޭތުވެދިޔަ އަހަރަކީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގިނަ ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. އޭގެ ތެރޭގައި

  • ފުރަތަމަ ފަހަރަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިވީއެފް މެދުވެރިކޮށް ކުއްޖަކު ވިހެއުން
  • 1,000 އަށްވުރެ ގިނަ ކަކުލު ހުޅު ބަދަލުކުރުމުގެ ސާޖަރީ ކާމިޔާބު ކަމާއެކު ކުރުން
  • ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކަރެއް ލެއްވުން
  • އާދަޔާ ހިލާފަށް ބޮޑު ޕެރޯޓިޑް ޓިއުމަރެއް ނައްތާލުމަށް ކޮމްޕްލެކްސް ސާޖަރީއެއް ކާމިޔާބުކުރުން
  • ފުރަތަމަ ފަހަރަށް ރީނަލް އެންޖިއޯޕްލާސްޓީ (ބެދިފައި ނުވަތަ ބްލޮކްވެފައިވާ ހިތުގެ ލޭހޮޅި ފުޅާކުރާ) ޕްރޮސީޖާ ކާމިޔާބުކުރުން
  • ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެލްތް ކޭމްޕް ބާއްވައި 1500 އަށްވުރެ ގިނަ މީހުންނަށް ހިދުމަތް ދިނުން
  • ގޭގައި ތިބެގެން ހެދޭ ހޯމްކެއާ ފިޒިއޯތެރަޕީ ހިދުމަތް ތައާރަފު ކުރުން
  • ގޭގައި ތިބެގެން ހެދޭ ޑަޔަލިސިސް (ޕެރިޓޯނިއެލް ޑަޔަލިސިސް) ތައާރަފު ކުރުން
  • ޕްރިއިމަރި ހެލްތްކެއާ ނުވަތަ ފެމިލީ މެޑިސިން ހިދުމަތް ޓީޓީއެޗް މާލެ ކްލިނިކަށް ފުޅާކުރުން



މީގެ ތެރޭގައި: