މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

ޓިވެޓް އަދި ޕޮލިޓެކްނިކް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކޮށްފި

މުހައްމަދު އައުޒަމް

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރޭނިންގ އޮތޯރިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުގެ ދަށަށް ބަދަލުކޮށްފިއެވެ.

"ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރޭނިންގ އޮތޯރިޓީ" އާއި "މޯލްޑިވްސް ޕޮލިޓެކްނިކް" އަކީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.

މީގެ ކުރިން މިތަންތަން ހިނގަމުން އައީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ދަށުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް ޑިޕާޓްމަންޓްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ސްޕެޝަލް ނީޑްސް އެޑިއުކޭޝަންގެ ނަން އިންކްލޫސިވް އެޑިއުކޭޝަނަށް ވަނީ ބަދަލުކޮށްފައެވެ.