ހޯމް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާއަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަޒު މުއިއްޒު ވަނީ ތިން މިނިސްޓްރީއެއްގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނަވައި، އެ ވުޒާރާތަކުގެ މަސައްކަތް އަލުން ތަރުތީބު ކުރައްވައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި މިނިސްޓްރީ އޮފް ހެލްތެވެ.
އެ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި އެ ގެނައި ބަދަލުތައް ވަނީ ފާސްކޮށްފައެވެ.