ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން މަތީ ތައުލީމުގެ ވައުދުތައް ފުއްދުމަށް ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ފަރާތް ކަމުގައިވާ މުނީރް ސަފިއެލްޑިން އާ މިނިސްޓަރ އޮފް ހަޔާ އެޑުއިކޭޝަން ޑރ. އިބްރާހިމް ހަސަން ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމަށްފަހު މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމަށްޓަކައި ކުރައްވާ މަސައްކަތްތައް ކާމިޔާބު ކުރުމަށް ޔުނިސެފްގެ ފަރާތުން ޓެކްނިކަލް އެކްސްޕަޓައިޒްގެ އިތުރުން ފައިސާގެ އެހީ ވަރަށް ބޭނުން ތެރިކަމަށެވެ. ޔުނިސެފް އަކީ މިނިސްޓްރީގެ ޑިވެލޮޕްމަންޓް ޕާޓްނަރުގެ ގޮތުގައި ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ ޔުނިސެފްއާ އާއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހް ގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި މަތީ ތައުލީމާ ގުޅޭ ގޮތުން ވަނީ މިސަރުކާރުން ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ފުރަތަމަ ޑިގްރީ އާއި ހަމަޔަށް މަތީ ތައުލީމު ހިލޭ ކިޔެވޭ ގޮތް ހެދުމަށް ވައުދުވެވަޑައިގެންފައެވެ.