ހުޅުމާލޭގައި ގަރާޖުނެތް ތަންތަނަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޕާކިންގެ ޖާގަ ހުސްވެފައިވުމުގެ ސަބަބުން، ހަތަރުފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމަށް ހުއްދަ ދޫކުރުން ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މަޑުޖައްސާލައިފިއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭ ހުޅުމާލެއަށް އެތެރެ ކޮށްފައިވާ އުޅަނދުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި އެކަމުގެ ސަބަބުން ގަރާޖު ނެތް ތަންތަނަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޕާރކިން ޖާގަ ހުސްވެފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖް އެޅިފަހުން ހުޅުމާލޭގައި ވެހިކަލް ގިނަވެފައިވާއިރު، ހުޅުމާލޭގައި ވެސް މިހާރު ވަނީ ޕާކިންގެ އެކި މައްސަލަތައް ޖެހެން ފަށައިފައެވެ.