އިޓަލީ

އިޓަލީގެ ލޮކްޑައުނަށްވެސް ލުއި ތަކެއް، ހަތަރު މިލިއަން މީހުން މަސައްކަތަށް ނުކުމެއްޖެ

މިންހާ ފާއިޒް ރަޝާދު

ބަލި ކޮންޓްރޯލު ކުރެވި ދެމަސްދުވަހުގެ ލޮކްޑައުނަކަށް ފަހު އިޓަލީ ހުޅުވާލުމުގެ މަސައްކަތް ފަށައި ލުއި ތަކެއް ދޭންފަށައިފި އެވެ.

އިޓަލީއަކީ ކޮވިޑް19 ފެތުރެން ފެށިތަނާ އެންމެ ފުރަތަމަ ލޮކްޑައުން ކުރި ގައުމެވެ. އެގައުމުގައި މިހާރު ދީފައިވާ ލުއިތަކުގެ ސަބަބުން، ހަތަރު މިލިއަން މީހުން ވަނީ މަސައްކަތަށް ނުކުމެފައެވެ.

ގައުމުގެ އެތެރޭގައި ދަތުރުތައް ކުރުމުގެ ފުރުސަތުވެސް ހުޅުވާފައިވާއިރު، އާއިލާ ކައިރިއަށް ދިއުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ޕާކްތައް ހުޅުވާފައިވާއިރު ރެސްޓޯރަންޓުތަކުން ޓޭކްއަވޭ ނެގުމުގެ އިންތިޒާމުވެސް ވަނީ ލުއިކޮށްފައެވެ.

އިޓަލީއަކީ ކޮވިޑް 19 ގެ އަސަރު ޔޫރަޕުން އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އެގައުމުގައި 210،000 އަށްވުރެ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 28،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮވިޑު 19 މީގެ ދެތިންމަހެއްހާ ދުވަސް ކުރީން މުޖުތަމައަށް ފެތުރި، ޕީކަށް އަރައި މިހާރު ހަމަޔަކަށް އެޅެމުން އަންނަ ގިނަ ގައުމުތަކަކުން މިހާރު އަންނަނީ ލޮކްޑައުންއަށް ލުއި ދެމުންނެވެ.