މުހައްމަދު އައުޒަމް
އިޓަލީގައި ކުރިޔަށްގެންދިޔަ އެންޓި މާފިޔާ އޮޕަރޭޝަނެއްގައި 181 މީހުން ހައްޔަރުކޮށްފިއެވެ.
އިޓަލީގެ ސިސިލީގައި އެ ގައުމުގެ އިދާރާތަކުން ގުޅިގެން ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަންގައި ގޭންގުތައް އުޅޭ ސަރަހައްދުން ނުރައްކާތެރި ކަމަށް ފާހަގަވެފައިވާ 181 މީހަކު ހައްޔަރުކުރިކަމަށް އޮފިޝަލުން ބުނެއެވެ.
މި އެ އޮޕަރޭޝަންގައި ރެއިޑްކުރި ސަރަހައްދަށް 1200 ފުލުހުން ފޮނުވާފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އިޓަލީގެ މިލިޓަރީ ފުލުހުން ވަނީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ނުރައްކާތެރިކަމަށް ފާހަގަވެފައިވާ މާފިޔާ ގޭންގުތަކާއި ޑްރަގް ޓްރެފިކް ކުރާ މީހުންގެ ތެރެއިން މީހުން މެރުމަށްފަހު ފިލައިގެން އުޅޭ ގިނަ ބަޔަކުވެސް ހައްޔަރު ކޮށްފައިވާކަމަށް ބުނެފައެވެ.
ސިސިލީގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، މިއީ މި ސަރަހައްދަކީ އަމާން ސަރަހައްދަކަށް ހެދުމަށް ކުރިޔަށް ގެންދިޔަ އެއޮޕަރޭޝަނެކެވެ.