ދިރާގު

ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި

2

މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ވަނީ އޭގެ އަސަރުކޮށްފައެވެ. އޭގެ ތެރެއިން ދެ ގެއެއްގައި ދިރިއުޅެވޭ ވަރަށް ވުރެ ބޮޑަށް ގެއްލުންވުމުގެ ސަބަބުން ކަލާފާން ސްކޫލުގައި ހުންނަ ވަގުތީ ސެންޓަރުގައި ތިބި ދެ އާއިލާއަށް ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

"ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް އަޅުގަނޑުމެންނަށް ދެވެން އޮތް ހުރިހާ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން އަރުވަން. ދިރާގަކީ މިކަހަލަ ކާރިސާތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާއެކު މަސައްކަތްކުރަމުންދާ ބައެއް. އެގޮތުން އެ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް އޮންނާނެ ވާހަކަ ދަންނަވަން،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި އަމިއްލަ ކުންފުނިތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟