ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓާ ހުރިހާ މުވައްޒަފުންނާއި ވަސީލަތްތަކާ އެކު ކޮވިޑްގެ ބޭނުންތަކަށް ދޭން ނިންމައިފި

ޓްރީޓޮޕް ހޮސްޕިޓަލް، އެ ތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި ވަސީލަތްތަތަކާ އެކު ކޮވިޑް 19ގެ ބޭނުން ތަކަށް ސަރުކާރަށް ދޭން ނިންމައިފި އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ބޯޑުން އެގޮތަށް ނިންމެވީ މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި، ޓްރީޓޮޕް ސަރުކާރަށް ދީފައި ވަނީ އެތަނުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖްމެންޓުން ދައްކާ ގޮތަށެވެ. އަދި އެތަނުގައި އިތުރު އައިސީއޫ ވަސީލަތްތައް ގާއިމުކުރަން ސަރުކާރުން ބޭނުން ނަމަ، އެކަން ވެސް ކޮށްދެއްވަން ޓްރީޓޮޕްގެ މެނޭކްޖްމެންޓުން ވަނީ ނިންމާފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓާ ސަރުކާރުން ބޭނުން ކުރާނީ ކަރަންޓީނު ނުވަތަ އައިސޮލޭޝަން ފެސިލިޓީއަކަށް ކަމެއް އަދި ނޭނގެ އެވެ.