ޖަރުމަނު ޗާންސެލާ އަންގެލާ މެރްކަލް ކޮވިޑް19 އަށް ޓެސްޓުކުރައްވައި، ނަތީޖާ ނެގެޓިވް ކަމުގައި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު އަންގެލާ އަށް ވެކްސިން ދެއްވި ޑޮކްޓަރު ޕޮޒިޓިވްވިކަން އެނގިވަޑައިގަތުމާއެކު އެކަމާ އަމިއްލަފުޅަށް ވަނީ ގޭގައި އާދިއްތަ ދުވަހުން ފެށިގެން ކަރަންޓީނު ވެވަޑައިގެންފައެވެ.
65 އަހަރުގެ އެންގެލާ ދުވަސްކޮޅަކުން ޓެސްޓު ރިޕީޓް ކުރައްވާނެ ކަމަށް އެކަމަނާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ޖަރުމަނުގައި ކޮވިޑް 19އަށް 28865 މީހުން ޕޮޒިޓިވް ވެފައިވާއިރު، 118 މީހުން ވަނީ މަރުވެފައެވެ. 422 މީހަކު ބަލިން ފަސޭހަވެފައި ވެއެވެ.