ދިރާގު ގެ ޗެއާމަން ކަމަށް އިސްމާއީލް ވަހީދު ހަމަޖައްސަވައިފި އެވެ.
ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ވަނީ އިސްމާހީލް ވަހީދު ދިރާގުގެ ޗެއާމަން ކަމަށް އައްޔަންކުރެއްވިކަން މީގެ އިރުކޮޅެއް ކުރީން ޓުވީޓު ކުރައްވައިފަ އެވެ. ޕީސީބީން ކުންފުނި ތަކުގެ މަގާމު ތަކަށް ހަމަޖައްސާނީ ރައީސް ނަންފުޅު ފޮނުއްވާ ބޭފުޅުންނެވެ.
އިސްމާއީލް ވަހީދު ވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކަން، މިހާރުގެ ސީއީއޯ އިސްމާއީލް ރަޝީދުގެ ކުރީން ކުރައްވައިފަ އެވެ. އޭނާ ސދީއީއޯ ކަމުގެ މަގާމު އަދާކުރެއްވީ 2004 އިން ފެށިގެން ސެޕްޓެމްބަރު 15އާ ހަމައަށެވެ. ސެޕްޓެމްބަރު 15 ވަނަ ދުވަހު އޭނާ ވަނީ މަގާމުން ރިޓަޔަރ ކުރައްވައިފަ އެވެ.
އިސްމާއީލް ވަހީދަކީ ދިރާގު އުފެދުނީއްސުރެ އެކުންފުނީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެ ގޮތުން އެ ކުންފުނީގެ ޓެކްނީޝަން/އިންޖިނިއަރ ގެ މަގާމު ވެސް އޭނާ އަދާކުރައްވައިފައިވެ އެވެ.