މޯލްޑިވްސް ބޯޓިންގް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2019ގެ މިއަހަރުގެ "މޯސްޓް ޕްރިފާޑް އިންޝުއަރެންސް ސަވިސް ޕްރޮވައިޑާ" އެވޯޑު އެލައިޑް އިންޝުއަރެންސް ކުންފުންޏަށް ލިބިއްޖެއެވެ.
އެލައިޑާ މި އެވޯޑު ހަވާލުކޮށްފައިވަނީ ރޭ ދަރުބާރުގޭގައި ބޭއްވި ބޯޓިންގް އެވޯޑްސް ގާލާގެ ތެރެއިންނެވެ. އެލައިޑަށް މި އެވޯޑު ހަވާލުކޮށްދެއްވާފައިވަނީ ބޯޓިންގް އެސޯސިޢޭޝަންގެ އެގްޒެކެޓިކް ބޯޑް މެންބަރު އަހުމަދު ޒުބައިރު އާދަމެވެ.
ރޭގެ މި ހަފުލާގައި 39 ކެޓަގަރީއަކުން އެވޯޑު ދީފައިވެއެވެ. މި އެވޯޑު ހަފުލާއަކީ ބޯޓިންގް އެވޯޑްސްގެ ފަސްވަނަ އެވޯޑު ހަފުލާއެވެ.
ބޯޓިންގް އެސޯސިއޭޝަނުން ބުނީ މި އެވޯޑު ހަފުލާއަކީ ރާއްޖޭގައި ބޯޓިން ދާއިރާގައި ހިދުމަތް ދެމުން އަންނަ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ އެސޯސިއޭޝަނުން އިސްނަގައިގެން 2014 އހަަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑު ހަފުލާއެއް ކަމަށެވެ.
މިދިޔަ އަހަރުގެ ބޯޓިން އެވޯޑްސްގައި ވެސް "މޯސްޓް ޕްރިފާޑް އިންޝުއަރެންސް ސަވިސް ޕްރޮވައިޑާ"ގެ އެވޯޑު ލިބިފައިވަނީ އެލައިޑަށެވެ.
މިއަހަރުގެ ބޯޓިންގް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.