މޯލްޑިވްސް ބޯޓިން އެވޯޑްސް 2019ގައި ރާއްޖޭގެ ތެލުގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ތެލުގެ ވިޔަފާރިއާއި ގުޅުން ހުރި ދެ އެވޯޑެއް ލިބިއްޖެއެވެ.
ރޭ ބޭއްވި ފަސްވަނަ މޯލްޑިވްސް ބޯޓިން އެވޯޑްސްގައި ހޯކްސް ކުންފުންޏަށް ލިބިފައިވަނީ "ބެސްޓް ޓޭންކާ ފިއުލް އޮޕަރޭޓަ" އެވޯޑުގެ އިތުރުން "ބަންކަރިންގް އެންޑް ފިއުލް ސަޕްލަޔާ އޮފް ދަ އިޔާ" ގެ އެވޯޑެވެ. މި ދެ އެވޯޑުގެ ތެރެއިން ހޯކްސް ކުންފުންޏަށް "ބަންކަރިންގް އެންޑް ފިއުލް ސަޕްލަޔާ އޮފް ދަ އިޔާ" އެވޯޑު ލިބިފައި ވަނީ ފިއުލް އެކްސްޕްރެސް މޯލްޑިވްސްއާއި ވާދަކޮށްގެންނެވެ.
މިދިޔަ އަހަރުގެ ބޯޓިންގް އެވޯޑުގައިވެސް ހޯކްސް ކުންފުނިން ވަނީ "ބަންކަރިންގް އެންޑް ފިއުލް ސަޕްލަޔާ އޮފް ދަ އިޔާ"ގެ ވޯޑު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2017 އަދި 2018ގެ ކޯ ސްޕޮންސަރަކީވެސް ހޯކްސްއެވެ. މިއަހަރުގެ ބޯޓިންގް އެވޯޑުގެ ގޯލްޑް ޕާޓްނަރަކީ ހޯކްސް ކުންފުންޏެވެ.
ރޭގެ ބޯޓިން އެވޯޑްސްގައި 39 ކެޓަގަރީއަކުން އެވޯޑު ދީފައިވެއެވެ. މި އެވޯޑު ހަފުލާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.