މޯލްޑިވްސް ބޯޓިން އެވޯޑްސް 2019ގައި "ޑޮކް ޔާޑް އޮފް ދަ އިޔާ" އެވޯޑުގެ އިތުރުން "ފޭސަސް އޮފް ބޯޓިންގް 2019" ކެޓަގަރީގެ ދެ އެވޯޑެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، (އެމްޓީސީސީ)އަށް ލިބިއްޖެއެވެ.
2014 ވަނަ އަހަރުން ފެށިގެން ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ ބޯޓިންގް އެވޯޑްސްގެ ފަސް ވަނަ އެޑިޝަންގެ "ފޭސަސް އޮފް ބޯޓިންގް 2019" ކެޓަގަރީން އެމްޓީސީސީގެ ދެ މުވައްޒަފަަކަށް ލިބިފައި ވަނީ "އައުޓްސްޓޭންޑިން ޕާސަން އިން ބޯޓިންގް އިންޑަސްޓްރީ - އިންޖީނިއަރިން" އަދި "އައުޓްސްޓޭންޑިން ޕާސަން އިން ބޯޓިންގް އިންޑަސްޓްރީ - ސޭލްސް/ރިޒަވޭޝަންސް/އޮޕަރޭޓިންގް ސްޓާފް"، މި ދެބައިންނެވެ.
އެގޮތުން "އައުޓްސްޓޭންޑިން ޕާސަން އިން ބޯޓިންގް އިންޑަސްޓްރީ - އިންޖީނިއަރިން" އެވޯޑު ލިބިފައިވަނީ އެމްޓީސީސީގެ ހަސަން ހަލީލަށެވެ. "އައުޓްސްޓޭންޑިން ޕާސަން އިން ބޯޓިންގް އިންޑަސްޓްރީ - ސޭލްސް/ރިޒަވޭޝަންސް/އޮޕަރޭޓިންގް ސްޓާފް"ގެ އެވޯޑު ލިބިފައިވަނީ އެމްޓީސީސީގެ މުހައްމަދު ސިނާން އަށެވެ.
ބޯޓިންގް އެވޯޑްސްގައި އެމްޓީސީސީއަށް ދެން ލިބުނު އެވޯޑު، "ޑޮކް ޔާޑް ސްލިޕްވޭ އޮފް ދަ އިޔާ" އަކީ އިތުރު ކުންފުންޏަކާ ވާދަކޮށްގެން އެ ކުންފުނިން ކާމިޔާބު ކުރި އެވޯޑެކެވެ. އެގޮތުން އެކުންފުނީގެ އިތުރުން މި ކެޓަގަރީއަށް ނޮމިނޭޓްވެފައިވަނީ "އަލް ޝާލީ މެރިން މޯލްޑިވްސް"ގެ ޑޮކްޔާޑެވެ. އަލްޝާލީ އިން ވަނީ މިދިޔަ އަހަރު މި ކެޓަގަރީން އެވޯޑު ހޯދައިފައެވެ.
މިދިޔަ އަހަރުގެ ބޯޓިންގް އެވޯޑްސްގައި އެމްޓީސީސީއަށް ލިބިފައިވަނީ އެންމެ އެވޯޑެކެވެ. އެއީ "މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާ" ކެޓަގަރީން އެމްޓީސީސީގެ ޔަންމާ އިންޖީނަށެވެ.
މިއަހަރުގެ ބޯޓިންގް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.