ރޭ ބޭއްވި މޯލްޑިވްސް ބޯޓިންގް އެވޯޑްސްގައި އެލިއާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ދެ އެވޯޑެއް ހާސިލު ކޮށްފިއެވެ.
އެލިއާއަށް ރޭގެ އެވޯޑް ހަފުލާގައި ލިބިފައިވަނީ "ބެސްޓް އާފްޓާ ސޭލްސް ސާވިސް" އެވޯޑާއި އެލިއާގެ ޔަމަހާ އިންޖީނަށް "މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާ(އައުޓް ބޯޑް އިންޖީން)" އެވޯޑެވެ. މި ދެ އެވޯޑުގެ ތެރެއިން އެލިއާ ކުންފުނީގެ ޕްރޮޑަކްޓެއް ކަމަށްވާ ޔަމަހާ އިންޖީނަށް މިދިޔަ އަހަރުގެ އެވޯޑު ހަފުލާގައިވެސް ހަމަ މި އެވޯޑު ލިބިފައިވެއެވެ.
މީގެ އިތުރުން އެލިއާ ވަނީ އިތުރު އެއް ކެޓަގަރީއަށް ނޮމިނޭޓް ވެފައެވެ. އެއީ "މެރިން އިންޖީން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ (އައުޓްބޯޑް)" އެވޯޑް ކެޓަގަރީއަށެވެ. މިގެޓަގަރީން އެވޯޑު ހާސިލްކޮށްފައި ވަނީ ހަސަން މެރިން އިންޖިނިއަރިން ސޮލިއުސަންސް އިންނެވެ.
ބޯޓިން އެސޯސިއޭޝަނުން ބުނީ މި އެވޯޑު ހަފުލާއަކީ ރާއްޖޭގައި ބޯޓިން ދާއިރާގައި ހިދުމަތް ދެމުން އަންނަ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ އެސޯސިއޭޝަނުން އިސްނަގައިގެން 2014 އަހަަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑު ހަފުލާއެއް ކަމަށެވެ.
މިއަހަރުގެ ބޯޓިންގް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.