ޕީޖީ އައިޝަތު ބިޝާމް

ޕީޖީގެ މަގާމުން ބިޝާމް އިސްތިއުފާ ދެއްވައިފި

1

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އާއިޝަތު ބިޝާމް އިސްތިއުފާދެއްވައިފި އެވެ.

ބިޝާމް އިސްތިއުފާ ދެއްވިކަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދި ދެންމެ ވަނީ ޓުވީޓު ކުރައްވާފައެވެ.

ރައީސް ސޯލިހުގެ ޓުވީޓުގައި، ޕީޖީ ބިޝާމްގެ އިސްތިއުފާ މިއަދު ހެނދުނު ލިބިފައިވަޑައިގެންފައިވާކަމަށް ވަނީ ވިދާޅުވެ، މަގާމުގައި ހުންނަވައި މިވީހާ ދުވަހު އެކަމަނާ އަދާކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

ބިޝާމް މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބަލަމުން އަންނަ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގަތުމަށް މިއަދު ހެނދުނު 11:00 އަށް އެ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ނޯޓިސް ފޮނުވާފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން ބިސާމް ވަނީ މިއަދު ނޫސްބަޔާނެއް ވެސް ނެރުއްވާފަ އެވެ.

އެ ނޫސް ބަޔާނުގައި ބިސާމް ވިދާޅުވީ އޭނާ މަގާމުން ދުރުކުރަން އުޅެނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އެ މަސައްކަތަކީ އިހުލާސްތެރި ނިޔަތެއްގައި ކުރާ މަސައްކަތެއް ނޫންކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން ނުނިމި ހުރި ކަންކަމުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ އޮތް ކަމަށް މީގެ ކުރިން އަންގާފައި ނުވާ ކަމަށް ބިސާމް ވިދާޅުވި އެވެ. އަދި ޖަވާބުދާރީވާން ހާޒިރުވާއިރު ވަކީލާއެކު ހާޒިރުވުމުގެ ފުރުސަތު އޮތްކަމާއި، މަޖިލީހުގެ ގަވާއިދުގައިވާ މުހުލަތުވެސް ލިބޭގޮތަށް މަޖިލީހުގެ އިދާރާއިން ސިޓީ ފޮނުވި އިރު، ޖަވާބުދާރީ ވާންވީ ކޮންކޮން ކަންތައްތަކަކާ ގުޅިގެންކަން މަޖިލީހުން ފޮނުވި ސިޓީގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ބިސާމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ބިޝާމް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު ކަށަވަރު ކޮށްދިނުމަކީ، ފިޔަވަޅެއް އަޅާއިރު އެކަމަކާ ގުޅޭ ހުރިހާ އިޖުރާއަތުތަކެއްވެސް އަދުލުވެރިކަމާއެކު ކަށަވަރުކޮށްދިނުން ކަމަށާއި އަދި މިއީ މިނިވަން، ދިމިގުރާތީ މުޖުތަމައުތަކުން ބަލައިގަނެ، އިސްތިގުރާރުވެފައިވާ އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގިޔަމްތަކާއި މަބްދައުތައްވެސް މި ހައްގުގެ ދާއިރާ ކަނޑައެޅުމުގައި ބަލައިގަނެފައިވާ ކަންކަން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟