ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ އެންމެ ޝަރަފްވެރި އެވޯޑް، "ގޯލްޑް 100 ގަލާ" ގެ ހަތަރުވަނަ އެޑިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ކޯޕަރޭޓް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.
"ގޯލްޑް 100" އަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކުގެ ލިސްޓެވެ. ކޯޕަރޭޓް މޯލްޑިވްސްއިން އެލިސްޓު ތައްޔާރު ކުރަނީ ކޮންމެ އަހަރެއް ނިމުމުންނެވެ.
"ގޯލްޑް 100" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން މައުލޫމާތުދެއެވެ. އަދި ނޮމިނޭޓް ވާން ބޭނުންވާ ފަރާތްތަކަށް ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓް gold100.corporatemaldives.com މެދުވެރިކޮށް ނަން ހުށަހެޅޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
"ގޯލްޑް 100" އަކީ ވިޔަފާރިތައް ރޭންކް ކުރާ ލިސްޓެއް ނޫނެވެ. އެއީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކުގެ ލިސްޓެކެވެ. އަދި ލިސްޓް އެކުލަވާލަނީ އަލްފްބެޓިކް އޯޑަރުން ކަމަށް ކޯޕްރޭޓް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.
"ގޯލްޑް 100"ގައި ތަފާތު އިންޑަސްޓްރީތަކުގެ ވިޔަފާރިތަކަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން ޓޫރިޒަމް އިންޑަސްޓްރީ، ކޮންސްޓްރަކްޝަން، ފައިނޭންސް، އާރޓްސް، އެޑިއުކޭޝަން، ހެލްތު އަދި މީޑިއާ ގެ އިތުރުންވެސް ތަފާތު އިންޑަސްޓްރީތައް ހިމެނެއެވެ.
"ގޯލްޑް 100" ލިސްޓަށް ނޮމިނޭޓްވުމަށް ކުރިމަތިލާ ވިޔަފާރިތަކުގައި "ބޭސިކް ކްރައިޓީރިއާ" އާއި "ސެލެކްޝަން ކުރައިޓީރިއާ" ގެ ޝަރުތުތައް ފުރިހަމަވާން ވާނެއެވެ.