ޝަހީދާ އަބްދުﷲ ސައީދު
މަހަށް ގޮސް އުޅެނިކޮށް މެޔަށް ތަދެއް އަރައިގެން، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު ވިދާޅުވީ މެޔަށް ތަދެއް އަރައިގެން ރޭގެ 10:55 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ 49 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާކަމަށެވެ.
ޑޮކްޓަރުންނާ ހަވާލާ ދެއްވައި އާޝިޔާ ވިދާޅުވީ، ރޭ 11:22 ހާއިރު އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން ލ. މާމެންދޫ ކައުންސިލުގެ ރައީސް އަބްދުލްމުހުސިން މުހައްމަދު ވިދާޅުވީ މެޔަށް ތަދެއް އަރައިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވޭ ދެމުންދަނިކޮށް މަރުވެފައިވަނީ އެރަށު ރެޑްރޯސް، ޔޫސުފު ހުސައިން ކަމަށެވެ.
ޔޫސުފު ހުސައިންގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދުގެ ފަހުގައި އާސަހަރާގައެވެ.