ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލުން ޑަޔަލިސިސް ހިދުމަތުގެ އަގު ހެޔޮކޮށްފި

އާނިފާ ހުސެއިން ސިރާޖް

ޓްރީޓޮޕް ހޮސްޕިޓަލުން ދޭ ޑަޔަލިސިސް ހިދުމަތުގެ އަގު ހެޔޮކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އާސަންދައާއެކު އެ ހޮސްޕިޓަލުން ޑަޔަލިސިސް ޕެކޭޖެއްގެ އަގު 1000 ރުފިޔާއަށް ދަށްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ޕެކޭޖްގައި ބޭސް އަދި ތަހުގީހުތައް ނުހިމެނޭނެ ކަމުގައި ޓްރީ ޓޮޕުން މައުލޫމާތުދެއެވެ.

ޓްރީޓޮޕުން ދޭ ހީމޯޑަޔަފިލްޓްރޭޝަންއަކީ މިހާރު ޑަޔަލިސިސް ފަރުވާ ހޯދާ މީހުންނަށްދޭ އެންމެ އެންމެ މަތީ ފެންވަރުގެ ފަރުވާއެވެ.

ޓްރީޓޮޕުގައި މި ފަރުވާ ދިނުމަށް އިސްކޮށް ހަރަކާތްތެރިވަނީ އެ ހޮސްޕިޓަލް ނެފްރޮލޮޖީ ޑިޕާޓްމަންޓްގެ ކޮންސަލްޓަންޓް ނެފްރޮލޮޖިސްޓް ޑރ. މްލާޑެން ނޯޓެކް، އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދެނީ ކިޑްނީ ބަލިތަކަށް ތަމްރީން ކޮށްފައިވާ ނަރުހުންކަމަށް ޓްރީ ޓޮޕުން މައުލޫމަތުދެއެވެ.