ނިޔާޒު އިބްރާހިމް

ގައުމަށް ޖެހުނު އެންމެބޮޑު މުސީބާތްތަކުގެެ އަސްލަކީ މަޖިލީހުގައި ޚިޔާނާތްތެރިން ގިނަވުން: ނިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

1

ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ދިމާވި އެންމެހާ މުސީބާތްތަކުގެ އަސްލަކީ ރައްޔިތުންގެ މަޖިލީހުގައި ޚިޔާނާތްތެރިން ގިނަވުން ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ސާފު ކުރަންޖެހޭ ކަމަށެވެ. އަދި ބަޔަކު ކިތަންމެ ނުރުހުނަސް ނިޔާޒުގެ އަމިއްލަ ޚިޔާލާއި ފިކުރު، ދުލާއި ގަލަމާއި އަދި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ފާޅު ކުރައްވާނެ ކަމަށް ނިޔާޒުގެ ޓުވީޓުގައި ވެއެވެ.

''ބަޔަކު ކިތަންމެ ނުރުހުނަސް އަޅުގަނޑުގެ އަމިއްލަ ޚިޔާލާއި ފިކުރު، ދުލާއި ގަލަމާއި، އަދި އެނޫންވެސް އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ފާޅު ކުރާނަން. ފާއިތުވީ ފަސް އަހަރު ރާއްޖެއަށް ދިމާވި އެންމެހާ މުސީބާތްތަކުގެ އަސްލަކީ ޚިޔާނާތްތެރިން ރައްޔިތުންގެ މަޖިލީހުގައި ގިނަވުން. މަޖިލިސް ސާފުކުރަންޖެހޭ.'' ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު މިފަދަ ޓުވީޓެއްކުރެއްވި އިރު، 2019 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހަށް އޭނާ ވާދަކުރައްވާނެކަން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ޚިޔާނާތްތެރިން ގިނަކަން ނިޔާޒު ފާހަގަކުރެއްވި އިރު، މަޖިލީހުގެ ބައެއް މެންބަރުން ނުހައްގުން މުއްސަނދިވުމާއި، އިންތިޚާބުވި ޕާޓީއިން އެހެން ޕާޓީއަކަށް ބަދަލުވުމުގެ މައްސަލަތަކަށް މަޖިލީހުގެ ތަޅުމުގައި މެންބަރުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟