އައިމިނަތު ނާދިރާ

ފަނޑިޔާރުކަމުން ދީދީ ވަކިކުރުމަކުން ނުނިމޭ، ފިޔަވަޅު އެޅުން އަވަސްކުރަންޖެހޭ: ނާދިރާ

ޝަހީދާ އަބްދުﷲ ސައީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކުރުމުން އަދި ނުނިމޭ ކަމަށާއި އޭނާއާއި މެދު އަވަސް މުއްދަތެއްގައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެއް ކަމަށްވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވެފައި މިވަނީ، ފަނޑިޔާރު ކަމުގެ މަގާމުން އަބްދުﷲ ދީދީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފައި ވަނިކޮށެވެ.

ނާދިރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކުރީ މައްސަލަތަކެއް ހުރުމުން ކަމަށެވެ. އެހެންކަމުން ވަކިކުރަންޖެހުނު ސަބަބުގެ ހަގީގަތަށް ވާސިލުވެ، މައްސަލަތައް ބަލައި، އެކަށިގެންވާ ފިޔަވަޅު އެޅުން އަވަސްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓާ ގުޅިގެން، ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރީ މިއަދު އެވެ.