އައިމިނަތު ނާދިރާ

ވެރިކަން ބަދަލުވި ނަމަވެސް އަދިވެސް މުއައްސަސާތަކުގައި ތިބީ ޖީބަށް ބަރުކުރަން އުޅުނު މީހުން: ނާދިރާ

މަރިޔަމް ޝަހުދާ

2

ވެރިކަން ބަދަލުވި ނަމަވެސް އަދިވެސް މުއައްސަސާތަކުގައި ތިބީ ޖީބަށް ބަރުކުރަން އުޅުނު މީހުން ކަަމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެ ޓުވީޓުގައި ނާދިރާ ވިދާޅުވީ މިދިޔަ ސަރުކާރުގައި މުއައްސަސާތައް ރަނގަޅުކުރަން ޖެހޭކަން ފާހަގަކޮށް އަޑުހަރުކޮށް ވަކާލާތު ކުރެއްވި ކަމަށެވެ. ނަމަވެސް އަދިވެސް ކުރީސަރުކާރުގައި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން އަދިވެސް އެބަތިއްބެވި ކަމަށެވެ. ނާދިރާ ވިދާޅުވީ ކުރީ ސަރުކާރުގައި މުއައްސަސާ ތަކުގައި ތިބެ ޒިންމާ އަދާ ނުކުރެވުނު ބަޔަކަށް ވެރިކަން ބަދަލުވުމުން ޒިންމާ އަދާކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ނާދިރާގެ ޓުވީޓުގައި ހަ މުއައްސަސާއެއް ވަނީ ފާހަގަކުރައްވާފައެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)، ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް (ޕީޖީ)، ޖުޑީޝަރީ، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (އެމްބީސީ) އަދި ފުލުހުންގެ އިދާރާއެވެ. ނާދިރާ ވިދާޅުވީ މި މުއައްސަސާތަކުގައި އަދިވެސް ތިއްބެވީ ޖީބަށްޓަކައި އުޅުނު މީހުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟