އެޑިއުކޭޝަން މިނިސްޓްރީ

ބަންދު ދުވަސްތަކުގައި ޓީޗަރުން ވަޒީފާއަށް ނުނެރެން އަންގައިފި

2

ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޓީޗަރުން ވަޒީފާއަށް ނުނެރުމަށް ނިންމައި، އެކަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ސަރުކާރުން ކަނޑައަޅައި އާންމު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު އެ މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ އިދާރާތަކާއި ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާކަމަށެވެ.

ނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރުމަށްޓަކައި އެ އިދާރާއަކަށް ނުވަތަ ވަކި ސްކޫލަކަށް މަސައްކަތެއް މަތިކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދައާއެކު ނެރުން އިސްތިސްނާވާނެ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

އެހެންކަމުން، ބަންދު ދުވަސްތަކުގައި މުވައްޒަފުން މަސައްކަތަށް ނުނެރެ ވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ސޮއިކުރައްވާ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި އެދިފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟