އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ގެ މަގާމަށް އައްޔަން ކުރީ އަހުމަދު އަލީއެވެ. އެ މިނިސްޓްރީ އިން މިއަދު ކުރެއްވި ޓުވީޓުގައި ވާގޮތުން އަހުމަދު އަލީ ވަނީ މިއަދު މަގާމްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.

އަހުމަދު އަލީ އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. އެ މަގާމުގައި އޭނާ ތިން އަހަރެއްހައި ދުވަހު ހުންނެވި އެވެ.