އެޑިއުކޭޝަން މިނިސްޓްރީ

އެއްދަންފަޅިއަށް ކިޔަވައިދޭގޮތަށް ސްކޫލްތައް ބަދަލުކުރުމުން ސެޝަންތައް ފަށާނީ ފަތިސް ނަމާދަށް ފަހު: އެޑިއުކޭޝަން

2

އެއްދަންފަޅިއަށް ކިޔަވައިދޭގޮތަށް ސްކޫލްތައް ބަދަލުކުރުމުން ސެޝަންތައް ފަށާނީ ފަތިސް ނަމާދަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަނުން މިހެން ބުނީ އެ މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައި ބުނީ، އެއްދަންފަޅިއަށް ބަދަލު ކުރުމަށްފަހު ސްކޫލް ސެޝަންތައް ފަތިސް ނަމާދުން ފެށުމަށްފަހު ތަފާތު ކުޅިވަރު ނުވަތަ ކަސްރަތުގައި ދަރިވަރުން މަޝްއޫލު ވާނެ ކަމަށެވެ. އަދި ކިޔެވުން ފެށޭނީ ކަސްރަތަށްފަހު ގެޔަށްގޮސް ތައްޔާރުވެގެން ސްކޫލަށް އައިސް ސްކޫލުން ނާސްތާ ކުރުމަށް ފަހު ކަމަށް އެ ޓުވީޓުގައި ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެއްދައްފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމުގެ ދަށުން 22 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދިނުން ފަށައިފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ޕްރޮގްރާމްގެ މަގުސަދަކީ ވަށާ ޖެހޭ ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދީ ދަރިވަރުން ދުނިޔެއަށް ތައްޔާރުކުރުން ކަމަށެވެ. އަދި މިކަމަށް ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރަން ޖެހޭކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟