އެޑިއުކޭޝަން މިނިސްޓްރީ

ރިޕޯޓް ފޯމު ދީފި، އަހަރުގެ ފުރަތަމަ ޗުއްޓީ އީދު ބަންދާއެކު

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންނަށް ރިޕޯޓް ފޯމު މިއަދު ދީފިއެވެ.

މިއަހަރުގެ ކިޔެވުން ނިމި ސްކޫލުތައް 10 ދުވަހަށް ބަންދުވިއިރު ފުރަތަމަ ޓާމުގެ ޗުއްޓީ ދިމާވަނީ ފިތުރު އީދުގެ ބަންދާއެވެ. އެހެންކަމުން ޗުއްޓީގެ ދުވަސްތައް އިތުރުވެގެން ދިޔުމުން މިއީ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ.

ޕްރީ ސްކޫލުން ފެށިގެން ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް މިއަދުން ފެށިގެން ފިތުރު އީދު ބަންދާއެކު ބޮޑު ޗުއްޓީއެއް ލިބޭނެއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ ނުވައެއްގައެވެ.