އެޑިއުކޭޝަން މިނިސްޓްރީ

ޓެކްނިކަލް މައްސަލައެއް ޖެހި، 10 ސުކޫލެއްގެ ރިޕޯޓް ފޯމް ޑިޖިޓަލްކޮށް ދެނީ

1

މިއަހަރުގެ ފުރަތަމަ ޓާމްގެ ރިޕޯޓް ފޯމު 10 ސުކޫލެއްގައި ޑިޖިޓަލްކޮށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ހުރި ސަރުކާރުގެ 213 ސްކޫލުގެ ތެރެއިން 10 ސްކޫލެއްގައި ޑިޖިޓަލްކޮށް ދަރިވަރުންނަށް ފުރަތަމަ ޓާމްގެ ރިޕޯޓްފޯމް ދިނުމަށް ނިންމީ މީމިސް ބޭނުން ކޮށްގެން ރިޕޯޓްފޯމް ޖެނެރޭޓް ކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެގޮތުން މިސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް، އެދަރިވަރުންގެ ނަތީޖާއާއި އެހެނިހެން މައުލޫމާތު އޮންލައިންކޮށް ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ނުންޏެވެ. އަދި ސްކޫލް މެދުވެރިކޮށް އޮންލައިންކޮށް ރިޕޯޓް ބެލުމަށް ބޭނުންވާ ބެލެނިވެރިންނަށް އެ އިންތިޒާމް ސްކޫލުގައި ހަމަޖެހިފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޑިޖިޓަލްކޮށް ރިޕޯޓް ފޯމުދޭ ސުކޫލުތަކުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ ބައެއް ސުކޫލުތައް ހިމެނެއެވެ.

މީމިސްއަކީ ދުނިޔޭގެ އެތައް ގައުމެއްގައި ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތުތައް ރައްކާކުރެވި ތައުލީމީ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރަމުން އަންނަ އޯޕެންމީމިސް، ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެންމެ އެކަށޭނަ ގޮތަށް ބަދަލުތައް ގެނެވި ފަރުމާކުރެވިފައިވާ ޑޭޓާބޭސްއެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟