ހުޅުމާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ބަރަހަނާކޮށް ގަން ހިންގުވައިފިއެވެ.
އެނގިފައިވާ ގޮތުގައި މިރޭ އެމީހާ ގަން ހިންގުވާފައިވަނީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ބުނީ މިރޭ 22:45 ހާއިރު ހުޅުމާލޭ ސަހަރާ މިސްކިތް ކައިރީ މީހަކަށް އަނިޔާކުރާކަމަށް ބުނެ އާންމުންގެ މީހަކު ރިޕޯޓް ކުރުމުން، ފުލުހުން އެސަރަހައްދަށް ދިޔައިރު މީހާ ހިނގާފައި އަންނަ ކަމަށެވެ.
އަދި އެމީހާއާއި ސުވާލުކުރުމުން ޖަވާބު ދީފައި ނުވާތީ އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލަންޖެހޭ ކަންކަން ބަަލަމުން އަންނަ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.
ހުޅުމާލޭގައި ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މީގެ އެއްދުވަސް ކުރިން ފެންމަަތިވެފައިވާ އިރު އޭނާ ހައްޔަރުކުރި ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
އަދި މިރޭ ރައްޔިތުން ގަން ހިންގުވި މީހަކީ އޭނާ ކަމެއް އަދި އެހެން މީހެއްކަމެއް ވެސް ސާފެއް ނުވެއެވެ.