މުހައްމަދު އައުޒަމް
އދ އިން ގާޒާއަށް އެހީ ފޯރުކޮށްދިނުން ސަލާމަތީ ސަބަބުތަކަށް ޓަކައި މަޑުޖައްސާލައިފިއެވެ.
ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދގެ އެޖެންސީން ވަނީ ގާޒާ އާއި އިސްރާއީލު ގުޅޭ ބޯޑަރު ސަރަހައްދުގައި ނުރައްކާ ބޮޑުވެފައިވާ ކަމަށާއި އެ ސަރަހައްދުން އެހީގެ ތަކެތި ގާޒާއަށް ފޯރުކޮށްދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.
ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދގެ އެޖެންސީގެ އިސްވެރިޔާ ފިލިޕޭ ލަޒަރިނީ ވަނީ އެ އެޖެންސީން ގާޒާ އަށް ފޯރުކޮށްދޭ އެހީގެ ގާފިލާތަކަށް އިސްރާއީލު ފަޅީން ގެއްލުންދެމުން އަންނަކަމަށާއި އެހީގެ ގޮތުގައި ގެންދާ ސާމާނުވެސް ލޫޓުވަމުން އަންނަ ކަމަށް ބުނެފައެވެ.
ފިލިޕޭ ވަނީ އިސްރާއީލުން ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކޮށް އަމަލުކުރުމަށް ގޮވާލައިފައެވެ.
އިސްރާއީލުން މީގެ ކުރިން ވަނީ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ކުރާ މަސައްކަތަށް ހަމާސްއިން ހުރަސް އަޅާކަމަށާއި އެހީގެ ގާފިލާތައް ހައިޖެކް ކުރާ ކަމަށް ބުނެފައެވެ.
ގާޒާގެ ދެ މިލިއަން އާބާދީއަށް ބޭނުންވާ އިންސާނީ އެހީ އެތެރެކުރުމަށް ބޭނުންކުރާ މައި ގޭޓަކީ އިސްރާއީލާއި ގާޒާ ގުޅޭ ކެރެމް ޝާލޮމް އެވެ.