މުހައްމަދު އައުޒަމް
ތޫފާން ފެންގަލްގެ ސަބަބުން ދެކުނު އިންޑިއާގެ ސްކޫލުތައް ބަންދުކޮށް އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.
އިންޑިއާގެ ދެކުނު ސަރަހައްދަށް ތޫފާން ފެންގަލް އަރާފައިވާއިރު އެ ތޫފާނުގެ ސަބަބުން އިންޑިއާގެ ދެކުނުން އޮންނަ ޓަމިލްނާޑޫ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ތޫފާނުގައި ޓަމިލްނާޑޫއަށް ގަޑިއަކު 70 އާއި 80 ކިލޯމީޓަރަށް ވައި ގަދަވެފައިވާއިރު އެ ސަރަހައްދުގައި ފަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
މިދިޔަ ހަފުތާގައި ތޫފާން ފެންގަލް ލަންކާގެ އައްސޭރިފަށުގެ ހިސާބުތަކަށް އަރާފައިވާއިރު އެ ސަރަހައްދުތަކުން 12 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ހަ ކުޑަކުދީން ވެސް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.