ޖާސޫސުކުރުމުގެ ކުށުގައި ޗައިނާގެ ކުރީގެ ނޫސްވެރިއަކު ޖަލަށް ލައިފިއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާގައި މަސައްކަތްކުރި އުމުރުން 62 އަހަރުގެ ޑޮންގް ޔޫޔޫ ހަތް އަހަރަށް ޖަލަށް ލާން އިއްޔެ ހުކުމްކުރި އިރު، 2022 ވަނަ އަހަރުން ފެށިގެން އޭނާ ހުރީ ބަންދުކޮށްފައެވެ.
އޭނާ ބަންދުން ދޫކޮށްލަންޖެހޭ ތާރީހު ފަހަނައަޅާ ދިޔައިރުވެސް އޭނާ ދޫކޮށް ނުލުމުން ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް އޭނާ ދޫކޮށްލަންވެސް ގޮވާލިއެވެ.
ޑޮންގް ހައްޔަރުކޮށްފައިވަނީ އޭނާ ޖާސޫސުކުރާ ކަމަށް މައުލޫމާތު ލިބިގެން ކަމަށް ޗައިނާގެ އޮފިޝަލުން ތުހުމަތު ކުރާއިރު، އޭނާ ހައްޔަރުކުރީ ޖަޕާނުގެ ޑިޕްލޮމެޓަކާ ބައްދަލުކުރުމަށް ގޮސް ހުއްޓައެވެ.