އިރާނުން އިސްރާއީލަށް ހަމަލާދޭން ތައްޔާރުވާން ފަށައިފިއެވެ.
އިރާނުން އިސްރާއީލަށް ރައްދު ހަމަލާ ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއިގެ ސީނިއާ އެޑްވައިޒަރާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އިރާނުން އިސްރާއިލަށް ދިން ވަރުގަދަ ހަމަލާއެއްގައި 200 ބެލިސްޓިކް މިސައިލު ފޮނުވައި ހަމަލާ ދީފައިވާއިރު އިސްރާއީލުން ވަނީ ރައްދު ދިނުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު އީރާނަށް ވައިގެ މަގުން ހަމަލާ ދީފައެވެ.
އިސްރާއީލުން ދިން ހަމަލާގެ ރައްދު ހިތިކޮށް ދޭނެ ކަމަށް އިރާނުގެ ސަރުކާރުން އިންޒާރު ދީފައިވާއިރު އިރާނުން އިސްރާއީލަށް ހަމަލާދިނުމުގައި މިފަހަރު ބޭނުންކުރާނީ ކޮން ކަހަލަ ހަތިޔާރެއް އަދި ކޮން ގޮތަކަށް ކަމެއް ނޭނގެއެވެ.
އިރާނުން މިފަހަރު އިސްރާއީލަށް ދޭ ހަމަލާ ކުރީން ދިން ހަމަލާތަކަށްވުރެ ވަރުގަދަވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.