މުހައްމަދު އައުޒަމް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކެނެޑާއަށް އެތެރެވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ އާއި އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އަމުރެއް ނެރެފައެވެ.
އެކަމާ ގުޅިގެން ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، ނަތަންޔާހޫ ކެނެޑާއަށް އެތެރެވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމަށާއި އެ ގައުމުން ބައިނަލްއަގުވާމީ ގަވާއިދުތަކަށް ބޯލަބާނެ ކަމަށެވެ.
ނަތަންޔާހޫ ހައްޔަރުކުރާނެ ކަމަށް ކެނެޑާ އިން ބުނެފައިވާއިރު އިނގިރޭސި ވިލާތުންވެސް ވަނީ އެ ގައުމަށް ނަތަންޔާހޫ އެތެރެވެއްޖެ ނަމަ ހައްޔަރުކުރަން ޖެހިދާނެ ކަމަށް ބުނެފައެވެ.