ދުނިޔެ

ކަނޑުމަތިން ހޮވި ޕާރުސަލެއް ގޮވައި ލަންކާގެ މަސްވެރިންތަކަކަށް އަނިޔާވެއްޖެ

މުހައްމަދު އައުޒަމް

ސްރީލަންކާގެ މަންނާރާ ދިމާލުން ކަނޑުމަތިން ހޮވި ޕާރުސަލެއް ގޮވައި އެގައުމުގެ މަސްވެރިންތަކަކަށް އަނިޔާވެއްޖެއެވެ.

މަންނާރުގެ ފުލުހުން ބުނީ އެ ޕާރުސަލް ގޮވުމުގެ ސަބަބުން މަސްބޯޓުން ދަތުރުކުރި ދެ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އެ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުދާ ދެމުން އަންނަ ކަމަށެވެ. 37 އަހަރުގެ އެ ދެ މަސްވެރިންނަކީ މަންނާރުގެ ޕަންނަންކަޓު އޭރިއާއަށް ނިސްބަތްވާ ދެ މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހާދިސާ ހިނގާފައިވާ ގޮތް ބަލައި ފުލުހުން ބުނީ އެއީ ގަވާއިދާ ހިލާފު މަސްވެރިކަމަކަށް ބޭނުން ކުރާ ގޮށްވުން ގޮއްވަން ބޭނުންކުރާ އެއްޗެއް ކަމަށާއި އެ ޕާރްސަލް ގޮވީ މަސްވެރިން އެޕާރުސަލް ބެލުމަށް ހުޅުވި ވަގުތު ކަމަށެވެ.

ފުލުހުންނާއި ލަންކާގެ ނޭވީއާ ގުޅިގެން އަންނަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.