މުހައްމަދު އައުޒަމް
އިންޑިއާގެ ބިލިއަނަރު ގައުތަމް އަދާނީގެ މައްޗަށް އެމެރިކާ އިން ކޮށްފައިވާ ރިޝްވަތުގެ ތުހުމަތު އޭނާގެ ކުންފުނި، އަދާނީ ގުރޫޕުން ދޮގުކޮށްފިއެވެެ.
ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް އާއި ޔޫއެސް ސެކުއިރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނުން އަދާނީގެ މައްޗަށް ކޮށްފައިވަނީ ޕްރޮޖެކްޓެއް ހޯދުމަށް އިންވެސްޓަރެއް މެދުވެރިކޮށް 265 މިލިއަން ޑޮލަރުގެ ރިޝްވަތުގެ ދިންކަމުގެ ތުހުމަތަވެ.
އެ މައްސަލަ ފެންމަތިވުމާއެކު އެކަން ދޮގުކޮށް އަދާނީ ގުރޫޕުން ބުނީ، އެ މައްސަލައިގެ ގާނޫނީ ހުރިހާ އިޖުރާއަތްތަކެއްގައި އެ ގުރޫޕުން ފުރިހަމައަށް ހަރަކާތްތެރިވާނެ ކަމަށާއި އެކަމުގައި އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ.
ގައުތަމް އަދާނީ އަކީ ދުނިޔޭގެ ބޮޑެތި ބިލިއަނަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ނުފޫޒު ގަދަ މީހެކެވެ. އެމެރިކާ އިން ކުރި ތުހުމަތުގެ ސަބަބުން އަދާނީ ގުރޫޕަށް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ކެންޔާ އިން އަދާނީ ގުރޫޕާއެކު ވެފައިވާ 2.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.