މިނިސްޓްރީ އޮފް ހެލްތް

ސިއްހީ ހިދުމަތްތަކުގައި އެހީތެރިކަން ހޯދުމަށް ކިޔުބާގެ ޕަބްލިކް ހެލްތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މަރިޔަމް ޝަހުދާ

ސިއްހީ ހިދުމަތްތަކުގައި އެހީތެރިކަން ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ކިއުބާގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ސްވިޒްލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ''ވާރލްޑް ހެލްތް އެސެމްބްލީ''ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާ ބައްދަލުވުމެއްގެ ތެރެއިންނެވެ.

ރާއްޖެއިން މި އެއްބަސްވުމުގައި މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ސޮއިކުރައްވާފައިވާއިރު ކިއުބާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތް ޑރ. ހޯޒޭ އެންޖަލް ޕޯޓަލް މިރަންޑާއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި ކިއުބާ ގުޅިގެން ޑޮކްޓަރުން ރެކްރޫޓް ކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ބޭހާއި ކާބޯތަކެތި ޓެސްޓްކުރުމާއި، މައިކްރޯ ބަޔޮލޮޖީ ޓެސްޓް އަދި ކެމިކަލް ޓެސްޓްްތަކުގެ އިތުރުން އެންވަޔަރަމަންޓް ލެބޯޓްރީ ޓެސްޓްތަކުގެ ހިދުމަތްތަކަށް އެހީތެރިވެދޭނެ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަމީން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ޓްރެއިނިންގް ގެ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ކިއުބާގެ ހެލްތު މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައި ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.