ހދ. ކުޅުދުއްފުށީ އަމީނީމަގުގައި މިއަދު ހެނދުނު ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް މަގުމަތީހުރި ހޮޅިދަނޑިއަކަށް އަރައި ހޮޅިދަނޑި ބިންދައިގެން ގޮސް ވެއްޓިއްޖެއެވެ.
އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 09:05 ހާއިރުއެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ހޮޅިދަނޑިވެއްޓި، ޕިކަޕުގެ ކުރީ ކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މަޒިޔާ ޓްރޭޑާސް ކުރިމަތީގައެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީގައި މިއަދު އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އެކަމާބެހޭ އިތުރު އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.