ދުނިޔެ

މިހާތަނަށް ނަގާފައިވާ އިރުގެ އެންމެ ސާފު ފޮޓޯ ދައްކާލައިފި

މުހައްމަދު އައުޒަމް

މިހާތަނަށް ނަގާފައިވާ އިރުގެ އެންމެ ސާފު ފޮޓޯ ދައްކާލައިފިއެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީ އާއި ނާސާ ގުޅިގެން ޖައްވަށް ފޮނުވާފައިވާ ''ދަ ސޯލާ އޯބިޓާ'' އިން ވަނީ އިރުގެ ފެންނަ ފަޅީގެ މިހާތަނަށް ނަގާފަައިވާ އެންމެ ސާފު ފޮޓޯތައް ނަގާފައެވެ.

2023 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ނަގާފައިވާ އެފޮޓޯ ދައްކާލާފައިވަނީ މިދިޔަ ބުދަދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

''ދަ ސޯލާ އޯބިޓާ'' އިން ނެގި އެ ފޮޓޯއިން އިރުގެ މެގްނެޓިކް ފިލްޑްގެ ސަބަބުން އިރުގެ ސަތަހައިގައި އުފެދޭ ހޫނުގެ ދައުރުވުން ފެންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

''ދަ ސޯލާ އޯބިޓާ'' ގައި ހަރުކުރެވިފައިވާ ފޮޓޯ ނަގާ ކެމެރާތަކުގެ ތެރޭގައި ހަ ކެމެރާ ހުންނައިރު އޭގެ ތެރޭގައި އަލްޓްރާ ވައިލޮޓް އިމާޖިން ހެދޭ ކަމަށްވެސް އޮފިޝަލުން ބުނެއެވެ. އިރުގެ ފޮޓޯ ނަގާފައިވަނީ 74 މިލިއަން ކިލޯމީޓަރު ދުރުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީ އާއި ނާސާގެ އޮފިޝަލުން ވަނީ ''ދަ ސޯލާ އޯބިޓާ'' ގެ މަސައްކަތް ކުރުމަށް އިރާ އެންމެ ކައިރިޔަށް ދެވޭނެ ހިސާބަކަށް ދިއުމަށް ދަތުރުކުރުމަށް ޑިސެމްބަރު މަހު މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.