ދުނިޔެ

ރަޝިޔާއިން ފޮނުވާލި މިސައިލެއް ގޮއްވާލީ ޔޫކްރޭނުގެ ކުރީގެ ޕްރީސްކޫލު ޓީޗަރެއް

މުހައްމަދު އައުޒަމް

ރަޝިޔާއިން ފޮނުވާލި މިސައިލެއް ވައި ތެރޭގައި ގޮއްވާލީ ޔޫކްރޭނުގެ ކުރީގެ ޕްރީސްކޫލު ޓީޗަރެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރަޝިޔާއިން ޔޫކްރޭނުގެ ރިވޭން ރީޖަނުގައި ހުންނަ އިމާރާތަކަށް ދިން ހަމަލާގައި ފޮނުވާލި މިސައިލު ގޮއްވާލާފައި ވަނީ އެންޓި މިސައިލް ލޯންޗާއެއް ބޭނުންކޮށްގެން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެ މިސައިލު ގޮއްވާލި ޔޫކްރޭނުގެ ކުރީގެ ޕްރީސްކޫލު ޓީޗަރު ނަތާލިއާ ގްރަބަޗުކްގެ މަސައްކަތް ފާހަގަކޮށް ޔޫކްރޭނުގް ޑިފެންސް މިނިސްޓްރީން ބުނީ އެކަން ކުރެވުނީ އޭނާގެ ހުޝިޔާރުކަމުން ކަމަށާއި އެއީ ނަމޫނާއެއް ކަމަށް ސިފަކޮށްފައެވެ.

ރަޝިޔާ ޔޫކްރޭން ހަނގުރާމައިގައި ބައިވެރިވުމަށް ޔޫކްރޭނުން ހުޅުވާލި ފުރުސަތުގައި އެ ގައުމުގެ ކުރީގެ ޕްރީސްކޫލު ޓީޗަރު ނަތާލިއާ ގްރަބަޗުކް އެ ގައުމުގެ އާމީއާ ގުޅިފައިވަނީ މީގެ ފަސްމަސް ކުރީން ކަމަށް އޮފިޝަލުން ބުނެއެވެ.

ފަސްމަހުގެ ޓްރޭނިން ފުރިހަމަކޮށް ނަތާލިއާ އޭނާއާ ހަވާލު ކުރި ބޮޑު މިޝަން ކާމިޔާބުކޮށްފައިވާއިރު އެ މަންޒަރު ފެންނަ ވީޑިއޯ ވަނީ ޔޫކްރޭނުގެ އާމީން ހިއްސާކޮށްފައެވެ.