އައިޖީއެމްއެޗުން ދެމުންދިޔަ ކުޑަކުދިންގެ ހާއްސަ ބަލިތަކާއި އެތެރެހަށީގެ ބަލިތަކުގެ އޯޕީޑީގެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެއިން ފެށިގެން އެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލައިން ލިބޭނެ ކަމަށެވެ.
އައިޖީއެމްއެޗުން ދެމުންގެންދިޔަ ބައެއް ހިދުމަތްތައް މިހާރު އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަމުންނެވެ. އެގޮތުން ފިޒިއޮތެރަޕީގެ ހިދުމަތް ހަތަރުވަނަ ފަންގިފިލައިން ދެމުން އަންނައިރު ސްޕީޗްތެރަޕީގެ ހިދުމަތް ވެސް ދެމުން އަންނަނީ ފަސްވަނަ ފަންގިފިލައިންނެވެ.