ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން މޫދުން ޒަހަމްތަކަކާ އެކު އޮތް މީހެއް ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ދަރުމަވަންތަ ހޮސްޕިޓަލު ކައިރި ބޭރު ތޮށި މޫދުން އަނިޔާވެފައި އޮތް މީހެއް ފެނިފައިވާ ކަމަށާއި އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފި ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.
ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން އަންނަނީ އެ މީހާ ފެނުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.