37 އަހަރަށްފަހު މިއަދު އިރާގުގައި ބޯހިމަނަށް ފަށައިފިއެވެ.
އިރާގުގެ ޕްލޭނިން މިނިސްޓްރީން ވަނީ އެ ގައުމުގައި ބޯހިމެނުން ކުރިޔަށް ނުގެންގޮސް ދިގު މުއްދަތެއް ވެފައިވާ ކަމަށާއި މިއަދު ފަށާ ބޯހިމެނުން މުޅި ގައުމުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.
އެންމެ ފަހުން އިރާގުގައި ބޯހިމެނުން ބާއްވާފައިވަނީ ސައްދާމް ހުސައިންގެ ވެރިކަމުގައި 1987 ވަނަ އަހަރުއެވެ. އޭގެފަހުން އެެގައުމުގެ އާބާދީ 43 މިލިއަނަށް މިއަހަރާ ހަމައަށް އިތުރުވާނެ ކަމަށް ބެލެވޭކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އިރާގުގެ އޮފިޝަލުން ވަނީ ބޯހިމެނުމުގެ ސަބަބުން އެ ގައުމުގައި ހިޔާލުތަފާތުވެފައިވާ އެތައް ކަމަކަށް ހައްލު ލިބިގެން ދާނެ ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން އެ ގައުމުގައި ދިރިއުޅޭ އެކި ދީންތަކަށް ނިސްބަތްވާ މީހުންގެ އަސްލު އަދަދު ހޯދިގެން ދާނެ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
އިރާގު ސަރުކާރުން ބުނެފައިވާގޮތުގައި އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކުރިޔަށް ގެއްދިއުމަށް ރޭވިފައިވާ ބޯހިމެނުން ދެ ދުވަސް ތެރޭ ނިންމާލުމަށް ވަނީ އަމާޒު ހިފައިފައެވެ. އަދި އެ މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް ގާއިމު ކުރުމަށް ދެދުވަހުގެ މުއްދަތަކަށް މުޅިގައުމުގައި ކާފިއު އިއުލާން ކުރުމަށް ވަނީ ނިންމާފައެވެ.