މުހައްމަދު އައުޒަމް
ޔޫކްރޭނުން ފުރަތަމަ ފަހަރަށް އެމެރިކާއިން ދިން ދިގުރާސްތާ މިސައިލު ބޭނުންކޮށް ރަޝިޔާއަށް ހަމަލާދީފިއެވެ.
ޔޫކްރޭނުން ރަޝިޔާއަށް ދީފައިވާ އެ ހަމަލާގައި އެމެރިކާއިން ދިން ދިގުރާސްތާ މިސައިލު ބޭނުން ކޮށްފައިވަނީ އެކަމަށް އެމެރިކާއިން ހުއްދަ ދިނުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެެމެރިކާއިން އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމް ބޭނުން ކުރުމުގެ ހުއްދަ ޔުކްރެއިން އަށް ދިންކަމަށް ބުނެ އެގައުމުގެ ނޫސްތަކުންވެސް ރިޕޯޓުކޮށްފައި ވެއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ އިއްޔެ އެ ހަމަލާ ދީފައިވަނީ ރަޝިޔާގެ ބްރީޔަންސްކް ސަރަހައްދަށެވެ. އެހަމަލާގައި ރަޝިޔާއަށް ފޮނުވާލި ފަސް މިސައިލުވެސް ވައިގެ ތެރޭގައި ގޮއްވާލި ކަމަށް ޑިފެންސުން ބުނެއެވެ. ނަމަވެސް ވައިގެ ތެރޭގައި ގޮވި މިސައިލުގެ ބައިތައް ވެއްޓި ރަޝިޔާގެ މިލިޓަރީ ފެސިލިޓީއަކަށް ގެއްލުން ވި ކަމަށް އޮފިޝަލުން ބުނެއެވެ.
ޔޫކްރޭނުން އެމެރިކާގެ މިސައިލުތައް ބޫނުންކޮށްފައިވާއިރު އެ މިސައިލު އޮޕަރޭޓުކުރުމުގައި ހަރަކާތްތެރިވެފައިވަނީ ވެސް އެމެރިކާ ސިފައިން ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ.