ވިމެން އިން މެނޭޖްމަންޓް (ވިމް) އިން ސްރީލަންކާ ގައި ބާއްވާ ވިމެން ޓޮޕް 50 ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވިމް ޓޮޕް 50 ކޮންފަރެންސް އަކީ އަންހެނުންނަށް ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކާއި ވަޒީފާ އަދި އަމިއްލަ ދިރިއުޅުމުގައި ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކަށް އަމާޒުކޮށްގެން ވިމެން އިން މެނޭޖްމަންޓުން ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި 30 ޕެނަލިސްޓުން ގެ ފަރާތުން، އެކި ކަހަލަ މައުލޫމާތު ހިއްސާ ކުރާނެ އެވެ. ކޮންފަރެންސްގައި ތިން ކީ ނޯޓް ސްޕީކަރުން ހިމެނޭއިރު އޭގެ ތެރޭގައި ޑރ. މަރިޔަމް ޝަކީލާ ވެސް ހިމެނިވަޑައިގަންނަވަ އެވެ. ޑރ. ޝަކީލާ އަކީ ވިމް ޕްރޮފެޝަނަލް އެންޑް ކެރިޔާ ވުމެން އެވޯރޑް ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ކޮންފަރެންސްގެ މައުލޫތަކުގެ ތެރޭގައި
ސާކްގެ ހުރިހާ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ މި ކޮންފަރެންސްގައި ބައިވެރި ވުމަށް މިހާރު ހުޅުވާލާފައިވާއިރު ކޮންފަރެންސް އޮންނާނީ ޑިސެމްބަރު ހަތަރު ވަނަ ދުވަހު ކޮލޮމްބޯގެ ގޯލްފޭސް ހޮޓެލުގައެވެ. ނޮވެމްބަރު 10 ގެ ކުރީން ނަންނޯޓު ކުރާ ހުރިހާ ފަރާތްތަކުން ވެސް ދައްކަން ޖެހޭނީ 85 ޑޮލަރެވެ. 11 ނޮވެމްބަރުގެ ފަހުން ރަޖިސްޓަރީ ކުރާ ނަމަ ވިމްގެ މެންބަރުން ނޫން ފަރާތްތަކުން ދައްކަން ޖެހޭނީ 150 ޑޮލަރެކެވެ.
ރާއްޖޭގެ ފަރާތުން ކޮންފެރެންސްގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7946684 އަށް ގުޅުއްވުމުން ނުވަތަ [email protected] އީމެއިލް އަށް މެއިލް ކޮށްލުމުން ލިބިގެންދާނެއެވެ.
ވިމެން އިން މެނޭޖްމަންޓަކީ އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ބައިނަލް އަގްވާމީ އޯގަނައިޒޭޝަނެކެވެ. ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް ވަނީ ސެޕްޓެމްބަރ 2016 ގައި ރާއްޖޭގައި ހުޅުވާފައެވެ. އަދި ވިމްގެ ކެނެޑާ ޗެޕްޓަރު މިހާރު ހުޅުވާފައިވާއިރު ވަރަށް އަވަހަށް ވިމް އޮސްޓްރޭލިޔާވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ.
ވަން އޮންލައިނަކީ މި ކޮންފަރެންސްގެ މޯލްޑިވްސް މީޑިއާ ޕާޓްނަރެވެ.